Ads by
ދީން
ވޭނާއި, ތަދާއި, ކެކުޅުން ފަދަ ކަންތައްތަކަކީ މާތްالله ކުރިމަތިކުރައްވާ އިމްތިހާނެއް: ޚުތުބާ

ވޭނާއި, ތަދާއި, ކެކުޅުން ފަދަ ކަންތައްތަކަކީ މާތްالله ކުރިމަތިކުރައްވާ އިމްތިހާނެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Eki Online

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ “ބަލިމީހުންނަށް ޒިޔާރަތްކުރުން” މިއެވެ.

ހުތުބާގައި ބުނެފަައިވަނީ ބަލިމަޑުކަމަށް ކެތްތެރިވާ މީހާއަށް މަތިވެރި ޘަވާބާއި ދަރުމަ ލިބިގެންވާ ކަމަށާއި ބަލި މީހުންނަށް ގޮވާލަން ދިޔުމަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން އޭނާގެ ވޭންތަކަށާއި ކެކުޅުންތަކަށް ލުއިކަމެއް ލިބޭނެ ކަމަށް ހުތުބާގައި ބުންޏެވެ. ބަލިމަޑުކަމެއް ކުރިމަތިވެ, އިންސާނާގެ ނަފްސު އިމްތިހާނު ކުރެއްވުމަކީ އޭނާގެ ނަފްސު ތާހިރުކޮށްދޭނެ ކަމެއް ކަމަށާއި އޭނާގެ ނިކަމެތި ކަމާއި އާރެއް, ބާރެއް ނެތް ކަމުގެ އިހުސާސު އޭނާއަށް ކުރެވޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

އަދި ބަލި މީހާއަށް ގޮވައިލަން ދިޔުމަކީ މާތް الله ގެ ޙަޒުރަތުގައި ހޭދަކޮށްލެވޭ ވަގުތުކޮޅެއް ކަމަށް ހުތުބާގައި ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *