Ads by
ޚަބަރު
4،000 ފްލެޓް ހަވާލުކުރާނީ ޕޮއިންޓް ލިބުނު ތަރުތީބުން: އަކުރަމް

މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓް އެއްވެސް އުސޫލެއްނެތި ބަހަން އުޅޭކަަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފިއެވެ.

Ads by Eki Online

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުރުހަމާ މީހުންގެ ލިސްޓު މިސަރުކާރުން ނެރުނީ ފާއިތުވި އޮގަސްޓުމަހުގެ 8 ވަނަ ދުވަހުއެވެ. އެލިސްޓުގައި 15،000 ވުރެ ގިނަ މީހުން ހިމެނެއެވެ. އެއީ އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނެވެ.

އެހެންނަމަވެސް ސަރުކާރުން ނިންމާފައިވަނީ ފުރަތަމަ ބުރުގައި މަސައްކަތް ނިމުމާ ހަމައަށް ގޮސްފައިވާ 4،000 ފްލެޓް ކަމަށެވެ.

މިކަމާއި ގުޅިގެން މި ސްކީމުން ފްލެޓް ލިބޭ މީހުންގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒު ގޮތުގައި، މިހާރު ހަދަމުން އަންނަ ފްލެޓްތައް ދޭން އުޅޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.

މި މައްސަލައާއި ގުޅިގެން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ އެއީ ދޮގު ތުހުމަތުތަކެއް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ފްލެޓް ދޫކުރާނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ މީހުންނަށް ކަމަށާއި، ފްލެޓް ލިބޭ މީހުންގެ ލިސްޓް މިމަހުގެ 5 ވަނަ ދުވަހުގެ ކުރިން އާންމު ކުރާނޭ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *