Ads by
ޚަބަރު
ރަށު ރޫހު އޮތީ ވަރަށް ވަތަނީކޮށް، ގޮނޑިއަށް ވާދަނުކުރާނަން: ނަރީޝް

ރަށު ރޫހު އޮތީ ވަރަށް ވަތަނީކޮށް ކަމަށާއި ޕީޕީއެމް/ޕީއެންސީ ގެ މަޖިލިސް ޕްރައިމަރީގައި ހދ. ކުޅުދުއްފުށި އުތުރު ގޮނޑިއަށް ވާދަނުކުރައްވާނެ ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ނަރީޝް މިރޭ ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިދުމަތެއްކޮށް، ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް، ސަރުކާރާ ގުޅިގެން ދާއިރާއަަށް ތަރައްގީ ހޯދައިދިނުމުގެ މަތިވެރި އަޒުމުގައި އޭނާ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމެވުމާ އެކު އެ ދާއިރާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާއި ކަނބަލުންނާއި ޒުވާނުންގެ ތާއީދުއޮތްކަން ހާމަކުރަމުން ގެންދިޔަ ކަމަށެވެ.

އަޅުގަނޑު މަސައްކަތް ކުރިކުރުމުގައި އަޅުގަނޑަށް ކުޅުދުއްފުށީ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް، ރަށު ދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުގައިކަން ވަރަށް ބޮޑަށް ފާހަގަވި. ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިހުތިރާމް އަޅުގަނޑު ކުރާ ހާލު، ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި އަޅުގަނޑު ވާދަނުކުރަން ނިންމި ވާހަކަ ކުޅުދުއްފުށި އުތުރުގެ ލޮބުވެތި ރައްޔިތުން އަރިހުގައި ދަންނަވަމެވެ.

– މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

ކުޅުދުއްފުށި އުތުރު ދާއިރާއަށް އޭނާ ވާދަކުރައްވަން ނިންމެވުމާ ގުޅިގެން ޓީމެއްގެ ގޮތުގައި އޭނާއަށް ތާއީދު ހޯދަން މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ނަރީޝް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން ނަރީޝް އިއުލާނުކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ނަރީޝް އޭރު ވިދާޅުވެފައިވާ ގޮތުގައި އޭނާ އެ ނިންމުން ނިންމެވީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުުމުގެ މަތިން ކަމުގައެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *