Ads by
ޚަބަރު
އެމްޓީސީސީ ކަށަވަރު ޕްރޮމޯ 2023 އިފްތިތާހުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި “ކަށަވަރު ޕްރޮމޯ 2023” އިފްތިތާހުކޮށްފިއެވެ.

Ads by Eki Online

މި ޕްރޮމޯޝަން އިފްތިތާހުކުރުމުގެ ގޮތުން ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މިއަދު އިފްތިތާހު ކުރެވުނު ޕްރޮމޯޝަނުގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާ އެކު އެ ކުންފުނީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި ސްޓަން އައިޓަމްސް އާއި ސްކޮޓް ބޭޑަ ރެސިން އާއި ސްކޮޓް ބޭޑަ ޖެލްކޯޓްސް އަދި ޕިގްމެންޓްސް އާއި ޔަންމާ ޖެންސެޓްސް އާއި ސްޕެއާ ޕާާޓްސް އާއި އެކްސަސަރީޒް އާއި އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކަންޓްސް ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި މީގެ އިތުރުން އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުން ހިމެނޭކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *