Ads by
ޚަބަރު
ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަމްރު ކުރިމަތިލާން ނިންމައިފި
ފޮޓޯ: މީސް މީޑިޔާ

ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިން މޭޓްގެ ގޮތުގައި ވާދަކުރެއްވި ހުސެން އަމްރު ކުރިމަތިލައްވައިފިއެވެ.

Ads by Eki Online

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަމްރު ކުރިމަތިލައްވާފައި މިވަނީ އެ މަގާމަށް މިދިޔަ މަހުގެ ތެރޭގައި ޝައުގުވެރިކަން ފާޅުކުރެއްވުމަށް ފަހުގައެވެ. އަދި އޭނާ ވަނީ އެ ނިންމެވުމާ ބެހޭ ގޮތުން އެކްސްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

އެގޮތުން އަމްރު ވިދާޅުވީ އެންމެ ބޮޑު އުއްމީދަކީ ދަ ޑިމޮކްރެޓްސް އިތުރު ހަރުފަތަކަށް ގެންގޮސްދީ މުޅިރާއްޖެއަށް ފަތުރާ ޕާޓީއަކީ ބޮޑު ޕާޓީއަކަށް ހަދައިދިނުމެވެ.

އަޅުގނޑުގެ އެންމެ ބޮޑު އުއްމީދަކީ ދަ ޑިމޮކްރެޓްސް އިތުރު ހަރުފަތްތަކަށް ގެނެސް، މުޅި ރާއްޖެއަށް ފަތުރާލާ، މި ޕާޓީއަކީ ދިވެހިރާއްޖޭގެ އެންމެ ބިޔަ، އެންމެ ވަރުގަދަ ޕާޓީއަށް ހެދުން.

އަމްރު

އެގޮތުން އަމްރު އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލާން މިހާރު ނިންމަވާފައިވާ ކަމަށާއި ޕާޓީގެ ހުރިހާ ޑިމޮކްރެޓުންގެ އެއްބާރުލުމާއި ތާއީދު ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ޕާޓީގެ އިންޓަރިމް ކައުންސިލުން ޕާޓީގެ އެތެރޭގެ އިންތިހާބު 2 ބާއްވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގައެވެ.

އަމްރުގެ އިތުރުން މި މަގާމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ ކުރިމަތިލައްވާފައެވެ.

އޭގެ އިތުރުން، ޑިމޮރްކެޓްސްގެ ނައިބު ރައީސްގެ މަގާމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވަނީ ކުރިމަތިލައްވާފައެވެ.

މި ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ދިން ސުންގަޑި ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *