Ads by
ޚަބަރު
ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ވެސް ކުރިއަށް ނުގެންދެވުނު
ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ސަލާމް ބުނުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ޖަލްސާ މިއަދުވެސް ނުބޭއްވި ކެންސަލް ކުރަން ޖެހިއްޖެއެވެ.

Ads by Eki Online

މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީއެވެ.

ރައީސް ނަޝީދު، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކުރި މިއީ 3 ވަނަ ދުވަހެވެ. ކޮންމެ ދުވަހަކު ވެސް ކެންސަލްވަނީ ރިޔާސަތު ބަލަހައްޓަވަން ޖެހޭ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީއެވެ.

އެހެންނަމަވެސް ޑެންގޫ ހުން ޖެހިވަޑައިގަތުމުގެ ސަބަބުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ޖަލްސާއަށް ސަލާމް ވިދާޅުވެފައެވެ.

އީވާގެ ސަލާމާ ގުޅިގެން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ، ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެމްޑީޕީން ވަނީ އެ ސިޓީ މީޑިއާތަކާވެސް ހިއްސާކޮށްފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން އެ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ، ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިމޭހާ ހިނދަކު މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެމްޑީޕީން އެއްބާރުލުން ނުދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *