Ads by
ޚަބަރު
ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަމަތަ ގައުމަކަށް ރާއްޖެ

ޖުޒާމް ބަލި ނުވަތަ ލެފްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމު ޝަރަފު ރާއްޖެއަށް ލިބިއްޖެއެވެ.

Ads by Eki Online

ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ރީޖަނަލް ބައްދަލުވުމުގައި، އެ ސަރަހައްދުގެ ޑިރެކްޓަރު ޑރ. ޕޫނަމް ވަނީ ޖުޒާން ބަލި ފެތުރުން ކޮންޓްރޯލް ކުރިކަމުގެ އެވޯޑު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ހަވާލު ކުރައްވައިފައެވެ.

ރާއްޖެއިން ހޯދި މި ކާމިޔާބީއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މަރުހާބާ ކިޔާފައެވެ.

މި ކާމިޔާބީއާ ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ، ޖުޒާމް ބަލީގެ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޖުޒާމް ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ރާއްޖޭއިން ވެސް މި ބަލީގެ މީހުން ވަރަށް ގިނައިން 80 އަހަރުތަކުގެ ކުރިން ފެނިފައިވެއެވެ.

ޖުޒާމް ބައްޔަށް ހާއްސަ ބޭހެއް ތައާރަފުވުމުން އެ ބައްޔަށް ފަރުވާދޭނެ އިންތިޒާމުތައް ރާއްޖޭގައި ކަނޑައަޅާ ވަކި އުސޫލަކުން އެބަލީގެ މީހުންނަށް ފަރުވާދޭން ފެށިއެވެ. އޭގެ ފަހުން 1997 ގައި، ޖުޒާމް ބައްޔަކީ ރާއްޖޭގައި އާއްމު ސިއްހަތަށް ނުރައްކަލެއް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ.
ޖުޒާމުބަލި މުޅިން ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް “ޒީރޯ ލެޕްރަސީ” ގެ ނަމުގައި މަސައްކަތް ފެށީ 2019 ވަނަ އަހަރުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *