Ads by
ޚަބަރު
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުނަށް ދެނީ

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތުގައި 1000 އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް އޮފީހުން ބުނެފިއެވެ.

Ads by Eki Online

އިންތިހާބީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ދައުވަތުދެވިގެން ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން، 1000 އާއްމު ރައްޔިތުންނަށް މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމަވާފައިވާކަމަށެވެ. ހުވާކުރެއްވުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އިންތިހާބީ ރައީސް ނިންމެވި އެންމެ ބޮޑު ސަބަބަކީވެސް، ޖަލްސާގައި ވީހާވެސް ގިނަ އާއްމުންނަށް ބައިވެރިވުމުގެ ފުރުސަތު ދެއްވުންކަން ފިރުޒުލް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު، ހަވީރު 04:45ގައި ޖުމްހޫރި މައިދާނުގައެވެ.

މި ރަސްމިއްޔާތުވެގެންދާނީ ދަޢުވަތުދީގެން އެންމެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގަންނަވާ ހުވާކުރުމުގެ ރަސްމިއްޔާތަށެވެ. އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަޠީފް ހުވާކުރައްވާ ރަސްމިއްޔާތަށް 3500 އެއްހާ މީހުންނަށް ދަޢުވަތު ދެއްވުމަށް ވަނީ ނިންމަވާފައެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގަ އެވެ. އެ ތަނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22 މިލިއަން ރުފިޔާއަށް ގައުމީ ދިފާއީ ބާރުގެ ވެލްފެއާ ކުންފުނި ސިވެކްއާއި ހަވާލުކޮށްފައެވެ.

އެ ރަސްމިއްޔާތުގެ ތައްޔާރުތައް ވާން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ވަށައިގެން ފެންސްޖަހާ މަސައްކަތް ވަނީ ފަށައިފައެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޙަބަރު ސްޕޮންސަރ ކުރެއްވުމަށް 7525999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *