Ads by
ކުޅިވަރު
ބެލޮންޑިއޯ އެވޯޑް 8 ވަނަ ފަހަރަށް މެސީއަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯޅަ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް އަށްވަނަ ފަހަރަށް އެމެރިކާ ލީގުގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކޮށްފިއެވެ.

Ads by Eki Online

މިއީ މެސީ މި އެވޯޑް ކާމިޔާބުކުރި 8 ވަނަ ފަހަރެވެ. އެންމެ ގިނައިން މި އެވޯޑް ކާމިޔާބު ކުރުމުގެ ރެކޯޑް މެސީއަތުގައި އޮތްއިރު، ދެން މި އެވޯޑް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ މި އެވޯޑް ފަސްފަހަރު ކާމިޔާބު ކޮށްފައެވެ.

މެސީ އަށް މޮޅު ކުޅުންތެރިޔާ ލިބުމަށް އެންމެ ބޮޑަށް މަގު ފަހީވީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ހޯދައި ދިނުމުގައި އޭނާ އަދާކުރި މުހިންމު ދައުރުގެ ސަބަބުންނެވެ. އެ މުބާރާތުގެ މޮޅު ކުޅުންެތެރިޔާ އަށް ހޮވުނު މެސީ ވަނީ، މިދިޔަ އަހަރުގެ ފްރާންސް ލީގު ޕީއެސްޖީ އަށް ހޯދައި ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެވޯޑު އުފުލާލުމަށްފަހު ވާހަކަދައްކަމުން މެސީ ބުނީ ހާލަންޑާއި އެމްބާޕޭއަކީ ކުރިއަށް އޮތް އަހަރުތަކުގައި މި އެވޯޑު ހޯދުން އެންމެ ގާތް ދެ ކުޅުންތެރިންކަމަށެވެ.

ހާލަންޑް އާއި އެމްބާޕޭ ކުރިއަށް އޮތް އަހަރުތަކުގައި މި އެވޯޑު ހޯދާނެ، އެކަމާ އަހަރެން ޝައްކެއް ނުކުރަން.

ލިއޮނަލް މެސީ

މެސީ ފުރަތަމަ މި އެވޯޑް ހޯދާފައި ވަނީ 2009 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާވަނީ 2010، 2011، 2012، 2015، 2019، 2021 އަދި 2023 ގައި މި އެވޯޑް ހޯދާފައެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި މެސީ އަށް ބެލޮންޑިއޯ އެވޯޑު ހަވާލު ކުރީ އިންގްލެންޑުގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްއެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ ކޮޕާ އެވޯޑް ހޯދީ ރެއާލް މެޑްރިޑްގެ އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑެ ބެލިންހަމްއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ ހާލަންޑެވެ. ތިން ވަނައިގައި ޕީއެސްޖީގެ ކައިލިއަން އެމްބާޕޭއެވެ. ހަތަރު ވަނައިގައި އޮތީ މެންޗެސްޓާރ ސިޓީގެ ކެވިން ޑިބްރޫއިނާއެވެ

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *