Ads by
ޚަބަރު
އިންތިހާބީ ރައީސް ޑރ. މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ
ފޮޓޯ: ޕީއެންސީ

އިންތިހާބި ރައީސް ޑރ މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިންތިހާބި ރައީސްގެ އޮފީހުން ބުނެފިއެވެ.

Ads by Eki Online

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ ޑރ. މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށާއި އަދި މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެން ކަމުން މި ދަތުރުފުޅާއި ބެހޭ އިތުރު ތަފްސީލެއް އެއޮފީހުން ހާމަކޮށްފައެއްނުވެއެވެ.

އެމަނިކުފާނު ފުރާ ވަޑައިގަންނަވަނީ މިރޭ 23:40 ގައި ސިންގަޕޫރު އެއާލައިންސްއިން ކަމަށް މައުލޫމާތު ލިބެއެވެ.

ޑރ. މުއިްއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު މި އަންނަ މަހު 17 ގައި އޮންނަ އިރު މިހާރު އެރަސްމީޔާތަށް ދަނީ ތައްޔާރީތަށްވަމުންނެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ގައުމުން ބޭރަށް ޑރ. މުއިއްޒު ކުރައްވާ ފުރަތަމަ ދަތުރުކަންވެސް ފާހަގަކޮށްލެވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *