Ads by
ޚަބަރު
ހަދާފައިވާ އިގުރާރާއި ހިލާފުވާނަމަ ފިޔަވަޅު އަޅާނަން: ކަރެކްޝަންސް
ފޮޓޯ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމިންއާއި ކަރެކްޝަނާ ދެމެދު ވެފައިވާ އިގުރާރާ އެމަނިކުފާނު ހިލާފުވެވަޑައިގަންނަވާނަަމަ، ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

Ads by Eki Online

ކަރެކްޝަނުން ބައެއް ނޫސްތަކަށް މިއަދު މައުލޫމާތު ދެމުން ބުނެފައިވަނީ ރައީސް ޔާމިންގެ ހަރަކާތްތައް އެ އިދާރާއިން މޮނީޓަރުކުރަމުން އަންނަކަމަށެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނު ގެއަށް ބަދަލު ކުރީ މި މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން، ކަރެކްޝަންސް އިން ރައީސް ޔާމިންއަށް ހޮނިހިރޔ ދުވަހު ދެވުނު ލުއިތަކުން އެމަނިކުފާނަށް މާލެތެރޭގައި ނުކުމެއުޅުއްވެއެވެ. އެ ލުއި ދިނުމާއެކު ޔާމީން ވަނީ ޕީޕީއެމްގެ އޮފީހަށް ރޭ ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ.

ރައީސް ޔާމިން ރޭ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވަނީ ގިނަ ކަންތަތަކަކާއި ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާއިފައެވެ. އެގޮތުން ރައީސް ޔާމިން ވިދާޅުވެފައިވަނީ ޕީއެންސީ އަދި ޕީޕީއެމްއަކީ އެއް ފިކުރެއްގެ ދެ ޕާޓީކަމަށެވެ. އަދި ޕީޕީއެމް ދޫކޮށް އެއްވެސް މެންބަރަކު ޕީއެންސީއާ ގުޅެން ނުޖެހޭނެކަމަށެވެ.

އިންތިޚާބުގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކަަރެކްޝަނުން ރައީސް ޔާމިންއަށް ލުއި ދިން ނަމަވެސް، އެމަނިކުފާނުގެ މައްޗަށްވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ މައްސަލައިގައި 5 މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. މި މައްސަލަ ހައިކޯޓުގައި އަންނަނީ އިސްތިއުނާފުކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *