Ads by
ޚަބަރު
ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ހަފްތާގައި އިއުލާންކޮށް ލިޔުން ދޫކުރަންފަށަނީ
ފޮޓޯ: މީސް މީޑިޔާ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އަންނަ ހަފްތާގައި އިއުލާންކޮށް ލިޔުން ދޫކުރަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

Ads by Eki Online

ޖުމްލަ 8 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 4 ޓަވަރުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. އަނެއް 4 ޓަވަރުގައި ކުރަމުން އަންނީ ފާހާނައިގެ ފިޓީންގްސް ހަރުކުރުމާއި، ސީލިންގްއާއި ޕުޓީގެ މަސައްކަތްތައްފަދަ މަަސައްކަތްކަމަށް އެ ކުންފުނިން ބުންޏެވެ.

ފިނިޝިން ހަދަމުން އަންނަނީ 3 ކޮޓަރީގެ އެޕާރޓްމަންޓްގެ 2 ޓަވަރާއި، 2 ކޮޓަރި އެޕާރޓްމަންޓްގެ 2 ޓަވަރެވެ. އެއީ 3 ކޮޓަރީގެ 256 އެޕަރޓްމަންޓް އަދި 2 ކޮޓަރީގެ 240 އެޕާރޓްމަންޓެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުރުހަމާ މީހުންގެ ލިސްޓު މިސަރުކާރުން ނެރުނީ ފާއިތުވި އޮގަސްޓުމަހުގެ 8 ވަނަ ދުވަހުއެވެ. އެލިސްޓުގައި 15،000 ވުރެ ގިނަ މީހުން ހިމެނެއެވެ. އެއީ އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނެވެ.

އެހެންނަމަވެސް ސަރުކާރުން ނިންމާފައިވަނީ ފުރަތަމަ ބުރުގައި ފްލެޓް ހަވާލުކުރާނީ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ 4،000 މީހުންނަށް ކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް މުޅިން ނިންމާލަންޖެހެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *