Ads by
ޚަބަރު
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ފޮޓޯ: އީސީ

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ތަފްތަރެއް ގެޒެޓުގައި އާދިއްތަ ދުވަހު އާންމުކޮށްފައެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅޭނީ “ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު” މެދުވެރިކޮށެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަވަނީ ނޮވެންބަރު 30 ވަނަ ދުވަހާއި ހަމައަށެވެ.

މި ލިސްޓު ވަނީ އިލެކްޝަސް ކޮމިޝަނުގެ ވެބްސައިޓުގަ އާންމުކޮށްފައެވެ.

ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނުގެ އިދާރާއަށް ޒިޔާރަތްކޮށްގެން ހުށަހަޅޭނެއެވެ. އިލެކްޝަން ކޮމިޝަނަށް އީލެއިލް ކުރާނީ (info@elections.gov.mv) އަށެވެ.

ރަޖިސްޓަރީވެފައިވާ ޕާޓީގެ މައުލޫމާތު ((PPR space ID-Number Send to 1414) އެސްއެމްއެސް މެދުވެރިކޮށް ޗެކް ކުރެވޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަދުރޭ8 މަސް ކުރިން

މީހުންނައް އިނގުމަކާނުލާ ދަފުތަރުގާ ޖައްސާފިކަމުގާވާނަމަ ޖުރިމަނާކޮއް އެޖުރިމަނާކުރި ފައިސާ އެފަރާތަކައް ބަދަލެއްގެ ގޮތުގާ ލިބޭނެގޮތައް ގަވާއިދު ހަމަޖެއްސެވުންއެދެން ސަބަބަކީ ފަރުދެއްގެ ހައްގުގެއްލިގެންލި ނާޖާއިޒު ފައިދާ އެޕާޓީއަކުން ނަގަމުންދާތީ އެކަން ހުއްޓުވުމައްޓައެވެ

0
0