Ads by
ޚަބަރު
މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނުން މައްޗަށް
ފޮޓޯ: މީސް މީޑިޔާ

ރާއްޖެއަށް މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނުން މައްޗަށް އަރައިފިއެވެ.

Ads by Eki Online

ފާއިތުވެދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާފައިވަނީ އެއަހަރުގެ ޑިސެމްބަރުމަހުއެވެ. މި އަހަރު 1.5 މިލިއަނުން މައްޗަށް އަރާފައި މިވަނީ ފާއިތުވެދިޔަ އަހަރު މި ލަނޑުދަނޑިއާއި ހަމައަށް ވާސިލް ވެވުނު މުއްދަތަށްވުރެ މަހެއްހާ ދުވަސް ކުރިންނެވެ. މިއީ 13 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ދުވާލަކަށް 5،000 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އައި ގައުމު ތަކުގެ ތެރޭގައި ހިމެނެނީ

  • ރަޝިއާ – 172،000 ފަތުރުވެރިން
  • އިންޑިއާ އަދި ޗައިނާ – 163،000 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 121،000 ފަތުރުވެރިން

ސަރުކާރުގެ މިއަހަރުގެ ލަނޑުދަޑިއަކީ 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމެވެ. މިގޮތުން މި އަދަދަށް ރާއްޖެއަށް މިއަހަރު ފަތުރުވެރިން ޒިޔާރަތް ކުރުމަށް ކުރިޔަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ޖުމްލަ 4 ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާން ޖެހޭނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ ނިސްބަތަށް ބަލާއިރު، 1.9 މިލިއަން ފަތުރުވެސިންގެ އަމާޒަށް ކުރިޔަށް ދެމަސްދުވަހުގެ ތެރޭގައި ވާސިލް ވެވުމަކީ ދަތިކަމަކަށް ނުވާނެ ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *