Ads by
ޚަބަރު
ކޮންސްޓްރަކްޝަން ދާއިރާ އިތުރަށް ތަރައްގީކުރަން ހާއްސަ މިނިސްޓްރީއެއް އުފައްދަނީ

ކޮންސްޓްރަކްޝަން ދާއިރާކީ ރައްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށާއި އެސިނާއަތް ކުރިއެރުވުމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާއަކީ ދެވަނައަށް އެންމެ ބޮޑު ސިނާއަތަށް ވީނަމަވެސް އެސިނާއަތް އެންމެ އެދެވޭ ބާރުމިނުގައި ކުރިއަރައިގެން ނުދާކަމަށެވެ.

ކުރީގެ ސަރުކާރުތަކުންވެސް އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވާ ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި އެކަން އިތުރަށް ކުރިއަށް ޖައްސަވާނެކަމަށެވެ. އެގޮތުން ޢިމާރާތްކުރުމުގެ ދާއިރާގެ ކަންކަން ބެއްލެވުމަށް ޚާއްސަ ވުޒާރާއެއް އުފައްދަވާނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީ، އަބަދުވެސް ކޮންމެވެސް ވުޒާރާއެއްގެ ތެރެއަށް ލެވިފައި، ފޮރުވިފައި އެބައޮވޭ. އެހެން ނަމަވެސް، ބޭރަށް ނެރެ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލުވާ ގޮތަށް ވުޒާރާއެއް ގާއިމުކުރާނަން

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް ޑރ.މުއިއްޒު ވަނީ ކޮންސްޓްރެކްޝަން ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެދާއިރާގެ ބޭފުޅުންނަށް ދެއްވާފައެވެ.

މިރަސްމިއްޔާތުގައި ޑރ.މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އިތުރަށް ހަރިދުނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އެމަނިކުފާނުގެ ވެރިކަމެއްގައި ކުރައްވާނެ ކަމަށެވެ.

އެގޮތުން މިހާރު ތަރައްގީ ކުރަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އަންނަ އަހަރުގެ ސެޕްޓެންބަރު މަހަށް އެމަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *