Ads by
ދީން
އިސްލާމް ދީނުގައި ބަލި މީހުންނަށް ޒިޔާރަތް ކުރުމުގެ މުހިންމުކަން

ކޮންމެ މީހަކު ވެސް އެމީހެއްގެ ގާތް މީހުންގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާނީ ބަލިވުމުންނެވެ. ބަލި މިހުންނަށް ޒިޔާރަތް ކުރުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ.

Ads by Eki Online

ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ ގަދަވެ ތިބި މީހުން އަދާކުރަންޖެހޭ ހައްޤެކެވެ. އިޖުތިމާޢީ ޒިންމާއެކެވެ. މިކަމުގެ ސަބަބުން އިސްލާމްދީނަށް އޮންނަ ލޯބި އިތުރުވެ، އެކަކު އަނެކެއްގެ މެދުގައި އުފެދިފައިވާ އުޚުއްވަތްތެރިކަން އިތުރުވެގެންދާނެއެވެ. އަމާނާތްތެރި މުސްލިމެއްގެ ހައިސިއްޔަތުން الله ތަޢާލާގެ ޙަޟްރަތުން ލިބޭ މަތިވެރި ދަރުމަ ކުޑަނުކުރާށެވެ!

ބަލިމީހުންނަށް ޝިފާ ދެއްވުމަށާއި އެމީހުންގެ ބަލިމަޑުކަމުން އަރައިގަތުމަށް އެހީތެރިވެދެއްވުމަށް އެދި الله ތަޢާލާގެ ޙަޟްރަތުގައި ދުޢާ ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

އުމުރުން ބަލި މީހުންނަށް ޒިޔާރަތް ކުރުމުގެ އާދައަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އަށަގެންފައި އޮތް އާދައެވެ. ގޭގޭގައި ވިހައިގެން އުޅޭ އަންހެނުންނާއި ކުޑަކުދިންގެ ގާތަށްވެސް އެހާމެ ޒިޔާރަތްކޮށް އުޅެއެވެ. ދުވަސްވީ ބަލި މީހުންނަގެ ގާތަށްވެސް މެއެވެ. އަދި ހޮސްޕިޓާލުތަކުގައި އެނދުމަތިކުރެވިފައި ތިބޭ އެކި އެކި ބަލިމީހުންނަށް ވެސް ގޮވާލަށް ގޮސް އުޅުނެވެ. މިކަމަކީ ކޮންމެހެން ވެސް ކުރުން ރަނގަޅު ކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *