Ads by
ޚަބަރު
އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ހިންގަން އުޅޭ ކަމުގެ ތުހުމަތު

އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތްކުރަމުންދާ ކަމަށް ބުނެ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މިރޭ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Eki Online

އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެެއްގައި ބުނީ، ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކަކާ ގުޅޭ ތަފާތު 40 ކަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަމުގެ މައުލޫމާތުު ލިބިފައިވާ ކަމަށެވެ.

އަދި ހުޅުމާލޭގެ ބިންތަކަކީ ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު އެސެޓްތައް ކަމުން އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މި މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން “ލީޒް” ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭތީ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަސްލަހަތުތައް ޙިމާޔަތްކުރުމަށް ގާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *