Ads by
ޚަބަރު
މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެރިވުމަށް ގޮވާލަން: ޑރ. މުޢިއްޒު

މިއަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

Ads by Eki Online

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް އެދޭކަމެއް ކަމަށެވެ.

އެގޮތުން، އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން މަޖިލީހުގެ މަދުވެގެން 20 އިންސައްތަ ގޮޑިއަށް އަންހެން ބޭފުޅުން ހޮވުމަށް މަސައްކަތްކުރުމަސްވެސް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

އަދި މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން

އިންތިހާބީ ރައީސް ޑރ. މުޢިއްޒު

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ނޮވެންބަރު ގައި އިޢުލާނުކުރެވޭނެކަމަށް ބެލެވެއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ކުރިން ވިދާޅުވެފައިވަނީ އެ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅު ކަމަށެވެ.

މަޖިލިސް އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، މި އިންތިޚާބުގައި ވާދަ ކުރަން ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފައުޅުކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *