Ads by
ޚަބަރު
ހިންނަވަރު ދާއިރާއަށް ސަލާމް: ކެރޭ، ހީވާގި، މަސައްކަތްތެރި ޒުވާނެއް!

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޅ. ހިންނަވަރު ދާއިރާގެ ގޮނޑިއަށް އެރަށު ކަނީރުވިލާ އަބްދުއް ސަލާމް (ސަލްޓޭ) މޫސާ ވާއްދަކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ.

Ads by Eki Online

ސަލާމްގެ ކެމްޕޭން ސްލޯގަންއަކަށް ހަމަޖައްސާފައިވަނީ “މަމެންގެ ސަލާމް”އެވެ. އެ ޝިޔާރުގައި ބޭނުންކޮށްފައިވާ “މަމެންގެ” އެއީ ހިންނަވަރުގައި “އަހަރެމެންގެ” ނުވަތަ އެންމެންގެ މީހެއްގެ ގޮތުގައި ދޭހަކޮށްދޭ ބަހެކެވެ.

އެ ދާއިރާއަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވަމުން ސަލާމް ވިދާޅުވީ، ވަކި ކުލައަކަށް ވީތީ ގެންގުޅޭ ތަފާތުކުރުން ނައްތާލާ, ހިންނަވަރަކީ އެންމެން އެކުގައި ގުޅިގެން އުޅޭ ރަށަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ.

އަދި ހިންނަވަރުގެ ރައްޔިތުންނަކީ މުޅި ޤައުމަށް ހިދުމަތްކޮށްދޭ, ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރާ, ރަށާ ދޭތެރޭ ވިސްނާ, ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ ބައެއް ތިބި ރަށަކަށް ހެދުމަކީ ވެސް އަމާޒެއް ކަމަށް ސަލާމް ވިދާޅުވިއެވެ.

އަބަދުވެސް ހުވަފެނަކީ ވަކި ކުލައަކަށް ވީތީ ގެންގުޅޭ ތަފާތުކުރުން ނައްތާލާ, ހިންނަވަރަކީ އެންމެން އެކީ ގުޅިގެން އުޅޭ ތަނަކަށް ހެދުން. ރަށުގަ ހަމަ ކޮންމެ މީހަކީ ވެސް ރަށާ ދޭތެރޭ ވިސްނާ, ރަށަށް ހެޔޮ ބަދަލެއް ބޭނުންވާ މީހެއްގެ ގޮތުގައި ބަލައިގަތުން

އަބްދުއް ސަލާމް މޫސާ

ސަލާމް އިތުރަށް ވިދާޅުވީ އުންމީދަކީ ރަށުގައި އިތުރު ވަޒީފާގެ ފުރުސަތުތައް ގާއިމްކުރުމާއެކު މުޅި ރަށުގެ ތަރައްގީގެ ދުވެލި ބާރުކުރުން ކަމަށެވެ.

އިގްތިސާދީ ގޮތުން ނަފާވާ ތަނަކަށް ހިންނަވަރު ހެދުމަކީ ކުރެވޭ އެންމެ ބޮޑު އުންމީދު

އަބްދުއް ސަލާމް މޫސާ

ހިންނަވަރަށް އުފަން ސަލާމް އަކީ ގާނޫނީ ރޮނގުން ކިޔަވައިގެން ހުރި ގާބިލް ޒުވާނެކެވެ. ގައުމަށް ހިދުމަތް ކުރުމުގައި 17 އަހަރު ހޭދަކޮށްފައިވާއިރު އޭނާ އަކީ ދިމާވާ ކަންކަމުގައި އަބަދުވެސް ފަސްޖެހުމެއް ނެތި ކުރިމަތިލާ ޒުވާނެކެވެ. އޭނާ އަކީ ރަށުގެ ކަންކަމުގައި ވިސްނާ, ކަންކަން ރަނގަޅު ކުރަން ބޭނުންވާ، ޒުވާނުންނާ ގުޅޭ، މަޝްވަރާގެ މަތިން ކަންކަން ކުރަމުންދާ ލީޑަރެކެވެ.

ސަލާމް ވަނީ މަޖިލިސް އިންތިހާބު ކާމިޔާބުކުރުމުގައި ހިންނަވަރު ރައްޔިތުންގެ ތާއީދަށް އެދިފައެވެ. ސަލާމްގެ އުންމީދުތައް ގިނައެވެ. ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކުރެއްވުމަށް އޭނާ ހުރީ ތައްޔާރަށެވެ. ސަލާމް ގަބޫލު ކުރާ ގޮތުގައި އޭނާއަކީ ހިންނަވަރު ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ކެންޑިޑޭޓެވެ. އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ކެރިގެން ސާބިތުކަމާއެކީ ރަށުގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަކީ އޭނާގެ އަމާޒެކެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *