Ads by
ޚަބަރު
ހައިވޭގައި ހުރި ސޯލާޕެނަލްތައް ނަގައި ވަކި ހާއްސަ ރަށަކަށް ބަދަލުކުރާނަން: ޑރ. މުއިއްޒު
ފޮޓޯ: ޕީއެންސީ

ހުޅުމާލޭ ލިންކު ރޯޑުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގައި، އެކަމަށް ހާއްސަ ދެ ރަށަކަށް ބަދަލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ސިނަމާލެ ބްރިޖުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ނުވަތަ ހައިވޭގައި ގާއިމުކުރާ 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމަކީ ރާއްޖޭގައި އެއް ގްރިޑެއްގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ސޯލާ ޕީވީ އިންސްޓޯލްމަންޓެވެ.

މިއަދު ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ސޯލާ ޕެނަލްތަކާއި އެކު ހުޅުމާލެ ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށެވެ. މާލެ ސަރަހައްދުގައި މޫދު އެންމެ ރީތިކޮށް ފެންނަން އޮންނަ ސަރަހައްދަކީ އެއީ ކަމަށާއި ނަމަވެސް މިހާރު ޖަހާފައިވާ ސޯލާ ޕެނަލްތަކުން އެ ސަރަަހައްސުގެ ރީތިކަން ގެއްލިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިއާދަކުރަނިވި ހަކަތަ މުހިންމު. ނަމަވެސް މަސައްކަތް ކުރިއަށް ގެންގޮސްފަ އޮތީ އެންމެ ރަނަގަޅަކަށް ނޫން.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އެހެންކަމުން، ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ނަގާނެ ކަމަށާއި އެ ޕަނަލްތައް ކުޑަ ނުވަތަ މެދު ސައިޒުގެ އެއް ރަށް ނުވަތަ ދެ ރަށަށް އެ ޕެނަލްތަކަށް ފަންޑުކުރި ފަރާތާއި ވާހަކަ ދައްކައިގެން ބަދަލުކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުޑަ އަދި މެދު ސައިޒުގެ މި ދެންނެވި އެއް ރަށް ނޫނީ ދެރަށަކަށް، އެއްކޮށް އެދެރަށް ނޫނީ އެއްރަށް، އެއްކޮށް ސޯލާ ޕަވާއެއް ހިންގޭގޮތަށް ހަދާނަން. އަދި ފަންޑުކުރި ފަރާތާއި ވެސް މަޝްވަރާކޮށްގެން ނަގައިގެން ގެންގޮސް އެއް ރަށް ނުވަތަ ދެރަށް އެއްކޮަށް ސޯލާ ޕަވާއިން ހިންގާގޮތަށް ބަދަލުކުރުމަށް މިތަކެތި މިތަނުން ނަގައިގެން ގެންދަން.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ، އެ މަސައްކަތް ނިންމައި ސޯލާ ޕެނަލްތަކުން މި މަހު ކަރަންޓު އުފައްދަން ފެށޭނެއެވެ.

ހައިވޭގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *