Ads by
ވިޔަފާރި
ކްރައުން އެންޑް ޗަންޕާގެ ‘ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް’ ރިސޯޓު ހުޅުވައިފި
ފޮޓޯ: ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ތަރައްގީކުރި ‘ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް’ ރިސޯޓު ހުޅުވައިފިއެވެ.

Ads by Eki Online

ޅ. އަތޮޅުގައި މިހާރުވެސް ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހުޅުވި މި ރިސޯޓަކީ 290 ކޮޓަރީގެ ރިސޯޓެކެވެ. މިއީ މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރައިގެން ލޯންޗުގައި 40 މިނެޓުން ދެވޭހާ ދުރުމިނުގައި އޮންނަ ރިސޯޓެކެވެ.

ފަސްތަރީގެ މި ރިސޯޓު ތަރައްގީކޮށްފައިވަނީ މާބިން ހުރާ އަދި ދެ ރުއްފިނޮޅު، ދިގު ފާލަމަކުން ގުޅާލައިގެންނެވެ.

މާބިން ހުރާގައި 202 ކޮޓަރި ހުންނައިރު ދެ ރުއްފިނޮޅުގައި 88 ކޮޓަރި ހުރެއެވެ.

އެއީ 110 ބީޗް ވިލާ އާއި 90 ބީޗް ޕޫލް ވިލާ އަދި 70 ވޯޓާ ޕޫލް ވިލާ އެވެ. އޭގެ ތެރެއިން މާބިން ހުރާގައި ހުންނަ 10 ދެ ބެޑްރޫމް ވިލާއަކީ ގިނަ މީހުން ހިމެނޭ އާއިލާތަކަށާއި ގްރޫޕްތަކަށް ހާއްސަކޮށް ޓްވިން ނުވަތަ ޓްރިޕަލް ރޫމަށް ބަދަލުކުރެވޭ ގޮތަށް ހަދާފައިވާ ވިލާތަކެކެވެ.

މިއީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ޅ. އަތޮޅުގައި ހުޅުވި 6 ވަނަ ރިސޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *