Ads by
ޚަބަރު
މުދަލު ޒަކާތުގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް 70 މިލިއަން ރުފިޔާ ލިބިއްޖެ
ފޮޓޯ: މީސް މީޑިޔާ

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 70 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

Ads by Eki Online

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރު ދައްވެފައެވެ. އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި 73 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.

އަދި މީގެ އިތުރުން މިއަހަރުގެ އޮގަސްޓު މަހު 8.5 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވާއިރު ސެޕްޓެމްބަރު މަހު ލިބިފައި ވަނީ 2.8 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފައެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7،151.90 ރުފިޔާއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަލް އަޤްސާ8 މަސް ކުރިން

ތިލިބުނު ފައިސާތައް ފަލަސްޠީންގެ ރައްޔިތުންނަށް ފޮނުވާލަދެއްވާ.

0
0