Ads by
ދީން
ތަނެއް ކުރިއަރާނީ, އެންމެންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ގުޅިގެން މަސައްކަތް ކޮށްގެން: ޚުތުބާ 

ތަނެއް ކުރިއަރާނީ, އެތަނެއްގެ އެންމެންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެެ.

Ads by Eki Online

ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނަކި ބިނާކުރުމުގެ ދީން ކަމަށާއި އެ ދީން އަހަރެމެންނަށް ގޮވާލަނީ އިންސާނާ ބިނާކުުރުމަށް ކަމަށެވެ. ތަލައި ފޮޅުމާއި އަރާރުން ވުމާއި އެކަކު އަނެކަކަށް ފުރަގަސް ދިނުން އިސްލާމް ދީން މަނާކުރައްވާފައިވާ ކަމަށާއި އެއްވެސް ޤައުމަކަށް ކުރިޔަށް ދެވޭނީ އެ ޤައުމުގެ ރައޔިތުންގެ ސަފުތައް އެކަތިގަނޑަކަށް ވެގެން ކަމަށް ހުތުބާގައި ބުންޏެވެ.

އަދި އަހަރެމެންގެ ބިނާ ހަރުދަނާ ކުރެެވޭނި ލޯތްބާއި, ކުލުނުން އެއްބަޔަކު އަނެއްބަޔަކާއެކު މުޢާމަލާތްކޮށްގެން ކަމަށާއި މާތްاللهއަށް ކިޔަމަން ގަތުމުގެ އަސާސްގެ މަތީގައި ރައްޔިތުންނާއި ހާކިމާއާއި ދެމެދުގައިވާ ގުޅުން ބަދަހި ކޮށްގެން ކަމަށާއި ލޯތްބާއި ކުލުނާއި އަޅައިލުން ލިބޭނީ އެންމެންގެ ހިތް ސާފު ވެގެން ކަމަށް ހުތުބާގައި ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *