Ads by
ދުނިޔެ
ޝަހީދުކޮށްލި ދަރިފުޅަށް މަންމަގެ ހިތުގެ އުދާސްތައް، ދެކެން ބޭނުންވީ ދަރިފުޅު ކައިވެނި ކުރާ ދުވަސް!

“އާދޭ ޖިހާދު, ދަރިފުޅާ, ތެދުވޭ, ހިނގާ ގެއަށް ދާން” މަރުވި ދަރިފުޅުގެ މޫނު ދެކިލަން މޯޗަރީގައި ހުރި މަންމަ, ދުންޔާ އާނީމް ބުނަމުން ދިޔައެވެ.

Ads by Eki Online

ދަރިފުޅު ޖިހާދުގެ މޭމަތީގައި އަތް އަޅާލައިގެން ދުންޔާ ދިޔައީ އޭނާގެ ހިތުގެ އުދާސްތައް ކިޔައިދެމުންނެވެ. ކައިރީގައި އާއިލާގެ މީހުންނާއި ރަހުމަތްތެރިން ތިއްބެވެ.

“الله އަށްޓަކައި ކެތްކުރާށެވެ!” ކައިރީގައި ތިބި މީހުން ދުންޔާއަށް ހިތްވަރުދެމުން ދިޔައެވެ.

އުމުރުން 29 އަހަރުގެ ދަރިފުޅު ޖިހާދު ސާލިހް ވަޅުލަން ވީ ވަގުތު ޖެހުމުން ދުންޔާ އޭނާގެ ދަރިފުޅު ކޮނޑުގައި އުފުލައިގެން، ރޮމުން ދިޔައެވެ.

އެވަގުތު ގިސްލަމުން ދުންޔާ ބޫނީ އޭނާ ކައިވެނި ކުރާތަން ދެކެން ވަރަށް ބޭނުންވި ކަމަށެވެ.

ޖިހާދުގެ އިތުރުން އުމުރުން 17 އަހަރުގެ މުހައްމަދު ގާސިމް އަބޫ ޒާރު ނަމަކަށް ކިޔާ ކުއްޖަކު ވެސް ވަނީ އެދުވަހު ޝަހީދުކޮށްލާފައެވެ. އެމީހުން ޝަހީދުކޮށްފައިވަނީ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޒަވާތާ އަވަށަށް އާދީއްތަ ދުވަހުގެ ރޭ އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައެވެ.

ނަބްލޫސް ސިޓީގެ ހުޅަނގުން އޮންނަ ޒަވާތާއަށް އިސްރާއީލުގެ އަސްކަރިއްޔާގެ 20 އަށް ވުރެ ގިނަ ވެހިކަލް ވަދެ ހަމަނުޖެހުންތަކެއް ހިނގި އިރު، އަސްކަރިއްޔާއިން ވަނީ ޒުވާނުންނާ ދިމާލަށް ލައިވް ބަޑިއާއި ކަރުނަ ގޭސް ވެސް ފޮނުވާލައިފައެވެ.

މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން އެކަކުގެ ހާލު އަދިވެސް ސީރިއަސްއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *