Ads by
ޚަބަރު
ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ހަފްތާ ބަންދުގައި ހުޅުމާލޭގައި ހަރަކާތްތަކެއް

ފަލަސްތީނަށް އެހީވުމުގެ ގޮތުން އާބަންކޯއިން އެހީތެރިކަން ފޯރުކޮށްދޭ 3 ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

Ads by Eki Online

ހުޅުމާލޭގައި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިލްމުވެރިންގެ ގުޅުމާއި, މަމްސް ޖަމިއްޔާ އަދި ކޭކް ޑޮނާސް އިން ގުޅިގެންނެވެ.
އެގޮތުން އިލްމުވެރިންގެ ގުޅުމާއި ހިދުމަތް ޖަމްއިއިޔާ އިން 26 އޮކްޓޯބަރުގައި ހުޅުމާލެ ފޭސް 2 ހިޔާ ޕާކުގައި “ފަލަސްތީނުގެ ހާލަތާއި މެދު” އެ މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިމަށް ހަމަ ޖެހިފައިވާ ޕެނަލް ޑިސްކަޝަން އެއް ކުރިޔަށްދާނެއެވެ.

މަމްސް ޖަމިއްޔާ އިން 27 އޮކްޓޯބަރުގައި ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވަނީ ފަންޑް ރައިޒިން އިވެންޓެކެވެ. ކޭކް ޑޯނާސް އިން 28،29، އަދި 30 އޮކްޓޯބަރުގައި ބޭއްވުމަށް ހަމަ ޖެހިފައިވަނީ ވެސް ފަންޑް ރައިޒިންގް އިވެންޓެކެވެ.

އާބަންކޯ އިން މިއަދު ބުނީ ލަސްތީނަށް އެހީވުމަށް ވަނީ ބޮޑު ތިން އިވެންޓްއެއް މިހަފްތާ ބަންދުގައި ކުރިއަށް ދާނެ ކަމަށެވެ. އެކި ޖަމިއްޔާތަކުން ހިންގާ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އާބަންކޯ އިން ވަނީ އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *