Ads by
ޚަބަރު
އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ނުވަނީސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ޖާގަ ނުދޭނެކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ގްރޫޕުން ދެއްވި އިންޒާރުތަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ރައްދު ދެއްވައިފިއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނުނިންމާ، ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވައިފިނަމަ އެ ހުވައަކީ ސައްހަ ހުވައަކަށް ވެގެން ނުދާނެ ކަމަށް އެމްޑީޕީ ޕީޖީން ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ހާލަތެއްގައި ޑރ. މުއިއްޒު ހުށަހަޅުއްވާ ކެބިނެޓަށް މަޖިލިހުގެ ރުހުން ނުދޭނެ ކަމަށް އެމްޑީޕީގެ ޕީޖީން ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ދެއްވި ހޫނު ބަހުގެ ހަމަލާތަކާއި ގުޅިގެން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޤާނޫނީ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ.

އިންތިޚާބީ ރައީސް ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ.

ސަލީމް ވިދާޅުވިއެވެ.

އިންތިހާބީ ރައީސާއި ނާއިބު ރައީސް ހުވާކުރުމަށް ބާއްވާ ޖަލްސާ ބޭއްވެވުމަށް ނިންމަވާފައިވަނީ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ. ޖުމްހޫރީ މައިދާނުގައި އެޖަލްސާ ބޭއްވެވުމަށް ނިންމެވީ ވީހާވެސް ގިނަ ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމަށް އިންތިޚާބުވާ މީހަކު، މަޤާމާ ހަވާލުވާލުވުމުގެ ކުރީން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *