Ads by
ޚަބަރު
އިތުރު ތަފްސީލްތަކާއެކު ސަޕްލިމަންޓްރީ ބަޖެޓް އަލުން މަޖިލީހަށް ފޮނުވައިފި

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓަށް ވުރެ އިތުރަށް ހަރަދުތައް ހިނގާނެތީ ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓް އިތުރު ތަފްސީލުތަކާއެކު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުވައިފިއެވެ.

Ads by Eki Online

ފިނޭންސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އިތުރު ތަފްސީލުތަކާ އެކު އިއްޔެގެ ވަގުތެއްގައި އަލުން މަޖިލީހަށް ބަޖެޓް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުގައި، މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުރުމަށްފަހު އަލުން ހުށައެޅުމަށް އަންގާ، އަނބުރާ ފޮނުވާލައިފައިވަނީ އަންގާރަ ދުވަހުއެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށް، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ. އޭގެތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *