Ads by
ޚަބަރު
ގަވާއިދާ ހިލާފަށް ލިޔުންތައް ނައްތާލާނަމަ ފިޔަވަޅު އަޅާނެ
އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލިކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯގެ މަންޒަަރުތަކެއް

ގަވާއިދާ ހިލާފަށް ރަސްމީ ލިޔެކިޔުންތައް ނައްތާލާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީއިން) މިއަދު ދީފިއެވެ.

Ads by Eki Online

ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނީ ރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގައި ވާގޮތުން، ދައުލަތުގެ މުއައްސަސާތަކާ ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑުތަކާއި މައުލޫމާތު ނައްތާލަން ބޭނުން ވެއްޖެ ނަމަ ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލަށް އެކަން އަންގަން ވާނެ ކަމަށެވެ. އަދި އެ ތަކެތި ނައްތާލެވޭނީ އެ ގަވާއިދުގައި އަންގާފައި ވާގޮތައް ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންކަމުން މި ގަވާއިދާ ޚިލާފަށް އެއްވެސް ލިޔެކިޔުމެއް ނައްތާލުމުގެ އަމަލެއް ނުހިންގުމަށް ޕީސީބީން ވަނީ އެދިފައެވެ. އަދި އެތަކެތި ނައްތާލާނަމަ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށާއި އެ ތަކެތި ނައްތާލަނީ ގަވާއިދާ އެއްގޮތަށްތޯ ޔަގީން ކުރުމަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށާއި މެނޭޖްމެންޓަށް ވެސް ޕީސީބީން ވަނީ އަންގާފައެވެ.

ޕީސީބީން ވަނީ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ހިލާފަށް އެއްވެސް ކުންފުންޏަކުން އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ރަސްމީ އެއްވެސް އެއްޗެއް ނައްތާލާކަމުގެ މައުލޫމާތެއް ނުވަތަ ނައްތާލައިފިކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ، އެފަދަ ފަރާތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *