Ads by
ޚަބަރު
ރައީސް ނަޝީދުގެ މައްސަލަ ނުނިންމާ ނަމަ މުއިއްޒުގެ ހުވާ ގަބޫލު ނުކުރާނަން: އެމްޑީޕީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އަންނަ މަހު ބާއްވާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ޖެހޭނީ މަޖިލީހުގެ އިތުބާރު އޮތް ރައީސަކާ އެކު ކަމަށް އެމްޑީޕީން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލިސް އިދާރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވީ، މިހާރު މަޖިލިހަށް ހުށަހަޅާފަ އޮތް މަޖިލިސް ރައީސްގެ އިތުބާުރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނުނިންމާ، ނަޝީދު ރިޔާސަތުގައި އިންނަވައިގެން ނޮވެމްބަރު 17 ވަނަ ދުވަހު ޑރ. މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވައިފިނަމަ އެއީ ސައްހަ ހުވައެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

“ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ހުވާ، މިވޯޓު ނުނިންމާ ރިޔާސަތަކުން ނިންމާ ނިންމުމެއް، އަޅުގަޑުމެން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވާކުރައްވައިގެން ހުރި ރައީސުލްޖުމުހޫރިއްޔާއެއް ކަމުގަ އަޅުގަޑުމެން ނުބަލާނެ” އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީން މިފަދައިން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމާ އެއްކޮޅަށް އެމްޑީޕީން ތުރީ ލައިން ވިޕެއް މިއަދު ވަނީ ނެރެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *