Ads by
ޚަބަރު
މަކުނުދޫގައި ހިނގި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލައިފިއެވެ.

Ads by Eki Online

ފުލުހުން ވިދާޅުވީ މަކުނުދޫގައި ހިނގި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް މިމަހުގެ 24ވަނަ ދުވަހު އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

މިހާދިސާގައި މަރުވެފައި ވަނީ އެ ރަށުގެ އެއާޕޯޓް އެޅުމުގެ މަސައްކަތަށް ބިން ހިއްކުމުގެ މަޝްރޫއަށް ގޮސް ތިބި އިންޑިއާ ދެމީހުންނެވެ. އެއީ މުހައްމަދު ރާޖާ އަންސާރީ, 27އ، އަދި ސުދީރާ ސެތީ, 25އ، އެވެ. މި ދެމީހުންނަކީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ ބިދޭސީ މުވައްޒަފުންނެވެ.

މަކުނުދޫގެ މަސް މާރުކޭޓު ސަރަޙައްދުގައި އޮތް ސިލިންޑަރެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރުދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުގެ ބައިތައް ބުރައިގެން ގޮސް، ދެ މީހުންގެ ހަށިގަނޑު އޮތީ ޗިސްޗިސް ވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *