Ads by
ޚަބަރު
ބަންދު ދުވަސްތަކުގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އެލަވެންސް ދޭން ނިންމައިފި

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންނަށް ހާޒިރީ އެލަވެންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކު ޕޭ ކޮމިޝަނުން ބަދަލުކޮށްފިއެވެ.

Ads by Eki Online

ފިނޭންސް މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ގެޒެޓްކޮށްފައިވާ ދައުލަތުގެ ފްރޭމްވޯކްގައި ވާގޮތުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މުވައްޒަފުންނަށް ލިބޭ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ގާނޫނުގައި މަސައްކަތުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައެވެ.

އަދި އޮފީހަށް ހާޒިރުވެގެންނާއި އޮންލައިންކޮށް މަސައްކަތް ކުރާ ހާލަތްތަކުގައި ވެސް އޮފީހަށް ހާޒިރުވުން ކަމުގައި ބަލާނެ ކަމަށާއި އޮފީހުގެ ދަތުރެއްގައި ރާއްޖޭގެ ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހޭ ނަމަ އެކަމުގެ އެލަވެންސްވެސް ލިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ މީގެ ކުރިން ހާޒިރީ އެލަވަންސް ނުދެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *