Ads by
ޚަބަރު
ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއް: ނައިބު ރައީސް

ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ކޯޗިންގ ފެޑެރޭޝަން އާއި ވޯލްޑް އޮފް ޓުމޯރޯ ގުޅިގެން، ކުރިއަށް ގެންދާ “ކޯޗިންގ މާސްޓަރ ކްލާސް” ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، ވިލާ ނޯޓިކާ ރިސޯޓުގައެވެ.

ރާއްޖޭގެ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، ކޮންމެ ދާއިރާއަކަށްވެސް ބޭނުންވާ ފުރިހަމަ ތަމްރީންތައް ހިންގުމުގެ ސަޤާފަތެއް އަށަގެންނެވުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔާއި އެކު ބަދަލުވަމުން އަންނަ ދުނިޔޭގައި، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް އުނގެނުމުގެ ފުރުޞަތު އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

އަދި ފަންނުވެރިކަން ކުރިއެރުވުމަށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ނަމޫނާ ދެއްކުމުގެ މުހިއްމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، ވަސީލަތްތައް މަދު ރާއްޖެ ފަދަ ކުޑަ ޤައުމަކަށް، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތެރިންގެ ހުނަރުވެރިކަން އިތުރުކުރަންޖެހޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

“ކޯޗިންގ މާސްޓަރ ކްލާސް”ގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ، އައި.ސީ.އެފްގެ ވައިސް ޕްރެޒިޑެންޓް ރޮބަރޓް ގާސިއާއެވެ. މި ސެޝަން މައުޟޫއަކީ “ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޯގަނައިޒޭޝަންސް” އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *