Ads by
ޚަބަރު
އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖެއިން އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައިވާ މުއްދަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

Ads by Eki Online

އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދުމަށް ޓަކައި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންކުރާ “ޕްރޮޕޯސަލް ފޮތް” އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އަދި ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ފެބަރުއަރީ 9، 2022 ގައި ގެޒެޓްކޮށްފައިވާ “ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު” ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނި ތަކަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެެވެ.

އިސްލާމިކް މިނިސްޓްރީއިން އިތުރަށް ބުނީ ޕްރޮޕޯޒަލް ބަލައިގަންނާނީ މި މަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:00އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *