Ads by
ޚަބަރު
ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު

ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތުމުން ޖަލްސާ ނިންމާލައިފިއެވެ.

Ads by Eki Online

މިއަދުގެ މަޖިލީސް ފެށިއިރު، ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ ޖަލްސާ ފެށުމަށް ގަވާއިދު ބުނާ އަދަދަށް ޖަލްސާއަށް މެންބަރުން ހާޒިރުވެ ނެތްކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މި އަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރާ ސަޕްލެމެންޓްރީ ބަޖެޓު ތަޅުމަށް ހުށަހަޅާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާފައިވާ ގަރާރުގެ ބަހުސް ވެސް މިއަދަށް ވަނީ ތާވަލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ޖަލްސާގެ ކޯރަމް ހަމަވާނީ މަޖިލިސް މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިގެންފި ނަމައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *