Ads by
ޚަބަރު
ޑެޕިއުޓީ މޭޔަރު ނަރީޝް މަޖިލިސް އިންތިޚާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވަނީ
ފޮޓޯ: ޢެކި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވަން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ނިންމަވައިފިއެވެ.

Ads by Eki Online

މިކަން ހާމަކޮށް ނަރީޝް މިއަދު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓްއެއްގައި ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓު ހޯއްދެވުމަށް ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އަދި އެ ނިންމުމަކީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ނިންމި ނިންމުމެއް ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ކަމަށާއި ދާއިރާގެ ތަރައްގީއަށް ސަރުކާރާއެކު މަސައްކަތް ކުރެވޭނެ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

އަދި ހަގީގީ މާނައިގެ ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭ ސާބިތުކަމާއެކު ހުންނާނެ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެންބަރުން އޭނާއަށް ތާއީދުކޮށްދެއްވާ ޕްރައިމަރީ ކާމިޔާބުކޮށްދެއްވުން އެދިލައްވާ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ނަރީޝަކީ މާލެ ސިޓީ ކައުންސިލުގެ މާފަންނު މެދު ދާއިރާގެ މެމްބަރެވެ. މާލެ ސިޓީ ކައުންސިލުގެ މެންބަރުގެ މެދުގައި ނެގި ސިއްރު ވޯޓަކުން ނަރީޝް ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބުކުރީ 21 ޖޫން 2021 ގައެވެ.

ޕީޕީއެމް/ޕީއެންސީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ ނަރީޝަކީ ކުރިން ސިފައިންގޭގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އާންމުންގެ ތެރެއަށް ނަރީޝް މަޝްހޫރުވެގެން ދިޔައީ, 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އޭނާގެ ނަން ބޭނުން ކުރައްވައިިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމް ޖެއްސެވި މިސާލަކާއި ގުޅިގެންނެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *