Ads by
ޚަބަރު
ސްޓެލްކޯއިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ
ފޮޓޯ: ސްޓެލްކޯ

އިސްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ސްޓެލްކޯ އިން ފަސް ލައްކަ ރުފިޔާގެ އެހީއެއް ދީފިއެވެ.

Ads by Eki Online

ސްޓެލްކޯއިން މިއަދު ބުނީ ޔަހޫދީ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވެދޭން “އަހަރުމެން ފަލަސްތީނާއެކު” ފަންޑަށް 500،000.00ރ. ހަދިޔާ ކުރީ ސީއެސްއާރުގެ ތެރެއިން ކަމަށެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުގެ ޗެއާމަން އަހުމަދު އިގްބާލް އަށް ފައިސާގެ ޗެކް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ފައިސާގެ ޗެކާ ހަވާލުވެ ވަޑައިގަތީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ޗެއާމަން އަހުމަދު އިގްބާލެވެ.

ރާއްޖެެއިން މިހާތަނަށް ވަނީ އެކި ހަރަކާތްތަކުގެ ތެރެއިން 13 މިލިޔަނަށްވުރެ ގިނަ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކުންފުނީގެ އޮފީހުގައި ވެސް ފަންޑުފޮއްޓެއް ބަހައްޓާފައިވާ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *