Ads by
ޚަބަރު
އެމްއައިބީ އިން އުޖާލާ ކޭޝް ނަމުގައި އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފް ކޮށްފި
ފޮޓޯ: މީސް މީޑިޔާ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިންއުޖާލާ ކޭޝްގެ ނަމުގައި އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފް ކޮށްފިއެވެ.

Ads by Eki Online

އެމްއައިބީން ހާމަކޮށްފައިވާ ގޮތުގައި އަލަށް ތައާރަފްކުރި މި ފެސިލިޓީގެ ބޭނުން ކޮށްގެން ވަކިވަކި ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ފައިސާ ޚަރަދު ކުރެވޭނެ ފުރުސަތު ތަނަވަސް ވެގެންދާނެއެވެ.

އެގޮތުން މި ފެސިލިޓީގެ ބޭނުން ކުރެވޭ ކަންކަމުގެ ތެރޭގައި ދަރަނި އަދާކުރުމަށާއި، ސިއްހީ ފަރުވާއާއި، މަރާމާތު ކުރުމަށާއި، މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ފޫބެއްދުމަށާއި ގެ ބަދަލުވުމަށް ބޭނުންވާ އެޑްވާންސް ފައިސާ ދެއްކުމަށާއި، ގެދޮރު ގަންނަން ބޭނުންވާ އިކުއިޓީ ރެއިސް ކުރުންވެސް ހިމެނެއެވެ.

އެމްއައިބީގެ މި ފެސިލިޓީއަށް އެދުމަށް އެ ކުންފުނީގެ “އެޕްލައި-ނައު” ޕޯޓަލް މެދުވެރިކޮށް އުޖާލާ ފައިނޭންސިން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ. އަދި އުޖާލާ ފައިނޭންސިންގެ ލިމިޓު ހަމަޖެހުމުން ފައިސާއަށް އެދެވޭނެއެވެ. އެމްއައިބީން މަޢުލޫމާތުދޭގޮތުގައި އެމީހަކަށް ލިބޭ ލިމިޓުގެ ތެރެއިން 30 އިންސައްތައާ ހަމައަށް އެއްވެސް ލިޔުމަކާއި ނުލާ ކޭޝް ފެސިލިޓީ ބޭނުންކުރެވޭނެކަމަށެވެ.

މި ފެސިލިޓީގެ ތެރެއިން 30 އިންސައްތައަށްވުރެ ގިނައިން ފައިސާ ނަގާނަމަ، އެކަމާގުޅޭ ލިޔެކިއުންތައް ހުށަހަޅަން ޖެހޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެމްއައިބީ އުޖާލާ ކޭޝްގެ ނަމުގައި އާ ފެސިލިޓީއެއް ތައާރަފް ކުރި ނަމަވެސް، ކުރިއެކޭވެސް އެއްގޮތަށް އުޖާލާ ދިރިއުޅުން ފެސިލިޓީ ބޭނުން ކުރެވޭނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *