Ads by
ޚަބަރު
ސެޕްޓެމްބަރު މަހު 131 ކައިވެނި އަދި 97 ވަރި
ئފޮޓޯ: މީސް މީޑިޔާ

ނިމިދިޔަ ސެޕްޓެމްބަރު މަހު ފެމިލީ ކޯޓުން 131 ކައިވެންޏާއި 97 ވަރި ކޮށްދީފައިވާކަން އެ ކޯޓުން ހާމަކޮށްފިއެވެ.

Ads by Eki Online

ފެމިލީ ކޯޓުގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 1750 އަށް ވުރެއް ގިނަ ކައިވެނި ކޮށްދީފައިވާއިރު 910 އަށް ވުރެ ގިނަ ވަރި ކޮށްދީފައިވެއެވެ.

ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި އެނގޭ ގޮތުން މިދިޔަ މަހުއެ ކޯޓުން ވަނީ 152 މައްސަލައެއް ނިންމާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • ވަރީގެ 123 މައްސަލައެއް
  • ހަރަދުގެ 3 މައްސަލައެއް
  • އާއިލީ އެހެނިހެން މައްސަލަތަކުގެ 11 މައްސަލައެއް
  • ކުޑަކުދިންނާއި ގުޅޭ 7 މައްސަލައެއް
  • ގެވެށި އަނިޔާއާ ގުޅޭ 8 މައްސަލައެއް

އަދި މީގެ އިތުރުން މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކުގެ 71 ޕަސަންޓު މައްސަލަތަކަކީ އަންހެނުން ހުށަހެޅި މައްސަލަތަކެވެ. ގެވެށި އަނިޔާގެ 7 މައްސަލައަކާއި ގުޅިގެން ފެމިލީ ކޯޓުން ވަނީ ރައްކާތެރިކަމުގެ އަވަސް އަމުރު ނެރެފަ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *