Ads by
ޚަބަރު
ޕެމާގެ ފުރަތަމަ އުމްރާ ދަތުރު މުހައްމަދު ނައީމަށް
ޕެމާގެ އުމްރާ ދަތުރު ލިބުނު ނައީމު އަދި މަޖިލީހުގެ އަމީން އާންމު.... ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީސް އިދާރާގެ ސޯޝަލް ކްލަބް (ޕެމާ) ގެ ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް، އެ އިދާރާގައި މަސައްކަތް ކުރާ މުހައްމަދު ނައީމަށް ލިބިއްޖެއެވެ.

Ads by Eki Online

ޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބް (ޕެމާ) އަކީ މީގެ 5 އަހަރު ކުރިން ރަޖިސްޓްރީކޮށް ހިންގަމުންދާ ކްލަބެކެވެ. މި ކްލަބުގައި ހިމެނެނީ މަޖިލީހުގެ މެމްބަރުންނާއި މަޖިލީސް އިދާރާގެ މުވައްޒަފުންނެވެ. ކްލަބްގެ ހިންގާ ކޮމެޓީގައި ހިމެނެނީ މަޖިލީސް މުވައްޒަފުންނެވެ.

ޕެމާގެ މެމްބަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް މެމްބަރަކަށް އުމްރާ ދަތުރެއް ދިނުމަކީ މިއަހަރަށް އިންތިހާބު ކުރި ހިންގާ ކޮމެޓީގެ ރައީސް އަދި ނައިބު ރައީސްގެ ވައުދެކެވެ. މި އަހަރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ މަޖިލީހުގެ މެއިންޓަނެންސް ސެކްޝަންގައި މަސައްކަތް ކުރާ ނައީމަށެވެ. ނައީމަށް 15 ދުވަހުގެ އުމްރާ ދަތުރެއް ލިބޭނެއެވެ.

މިއީ ޕެމާގެ ތާރީހުގައި ވެސް މެންބަރުންނަށް އަމާޒުކޮށް މިގޮތަށް އުމްރާ ދަތުރެއް ދިން ފުރަތަމަ ފަހަރު. މިއީ އަޅުގަނޑުމެން ޕެމާގެ އިންތިހުބުގައި ވީ ވައުދެއް. ވައުދު ފުއްދޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ އިތުރު ފުރުސަތުތައް ޕެމާގެ މެންބަރުންނަށް ހޯދައިދިނުން

ޕެމާގެ ނައިބު ރައީސް އަދި މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވިއެވެ.

ޕެމާގެ މަސައްކަތް ފެށިގެން އައީ 2005 ވަނަ އަހަރުގައެވެ. ރަސްމީކޮށް ރަޖިސްޓާކޮށްފައި ވަނީ 2018 ވަނަ އަހަރުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *