Ads by
ޚަބަރު
ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

Ads by Eki Online

މަޖިލިސް އިދާރާއިން ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖައްސައި، މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކުރެވޭނެ ކަމަށް، އެމަނިކުފާނަށާއި މަޖިލީހުގެ މެންބަރުންނަށް މިއަދު އަންގާފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ 48 މެންބަރުންގެ ސޮޔާއިއެކުއެވެ. ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ފާސްކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލާގައި މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން ރައީސް ނަޝީދު ހުއްޓުވިކަމަށް ތުހުމަތުކޮށްފައިވެއެވެ.

އަދި މުޅި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި އެއާއި ހިލާފަށް، ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ރައީސް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އިތުބާރު ނެތްކަމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއީ މި އަހަރުގެ ތެރޭގައި މި މައްސަލަ މަޖިލީހަށް ވައްދާ ދެ ވަނަ ފަހަރެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

މަކުޑި8 މަސް ކުރިން

ދީނުގެ ދުޝްމިން! ގައުމުގެ ދުޝްމިން! އަވަހަށް ބޭރުކުރޭ!

0
0