Ads by
ޚަބަރު
މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން އިންތިހާބީ ރައީސް ޑރ.މުއިއްޒު ގޮވާލައްވައިފި
ފޮޓޯ: އެކި

މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސް ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by Eki Online

މުއިއްޒު މިގޮތަށް ގޮވާލެއްވީ، ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މިއަދު މަރުވެފައި ވަނިކޮށެވެ. އެ ހާދިސާގެ އިތުރުން ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި އަލިފާން ނިއްވަން ބޭނުން ކުރާ ގޭސް ސިލިންޑަރެއް މިދިޔަ ބުރާސްފަތި ދުވަހު ގޮވުމާ ގުޅިގެން ހަތަރު މީހަކު ޒަހަމްވިއެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެގެން އެމީހާ އަށް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗް ގައެވެ. އެމީހާ ވަރަށް އަވަހަށް އިންޑިއާ އަށް ފޮނުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މުއިއްޒު ވިދާޅުވީ މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު މަރުވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަމެވެ.

މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ނިޒާމީ ގޮތެއްގައި މިފަދަ މައްސަލަތަކަށް ހޯދަން ޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލްގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *