Ads by
ކުޅިވަރު
އަލްވަރޭޒް ގެންދަން ރެއާލް މެޑްރިޑް އިން މަސައްކަތް ފަށަނީ

އާޖެންޓީނާ އަދި މެންޗެސްޓަރ ސިޓީގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް، ރެއާލް މެޑްރިޑަށް ގެންނަން ކޯޗް ކާލޯ އެންޗަލެއްޓީ ބޭނުންވާ ކަމަށް އާޖެންޓީނާގެ މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

Ads by Eki Online

އެންމެ ފަހުގެ ވަރލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބު ކުރިއިރު، އާޖެންޓީނާ ޓީމުން ވިދާލި ޒުވާން ފޯވާޑް އަލްވަރޭޒްއަކީ ކަރީމް ބެންޒީމާ ރެއާލްގައި ނެތްތަން ފޫބައްދާނެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށް އެންޗަލެއްޓީ ދެކޭ ކަމަށް އާޖެންޓީނާގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ޖޫން މަހު ފެށޭ ހޫނު މޫސުމުގެ ޓްރާންސްފާމާކެޓުގައި ރެއާލްއަށް ގެންނަން ބޭނުންވާ ލިސްޓުގައި އަލްވަރޭޒްގެ ނަން ހިމަނާފައިވާ ކަމަށް އާޖެންޓީނާގެ މީޑިޔާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ޒުވާން އުމުރެއްގައި ޗެމްޕިއަންސް ލީގާއި ވޯލްޑްކަޕް ކާމިޔާބުކުރި ކުޅިންތެރިންގެ ލިސްޓްގައިވެސް އަލްވަރޭޒް ހިމެނެއެވެ.

މިސީޒަނުގައިވެސް ޕްރިމެއަރ ލީގުގައި މިހާތަނަށް ކުޅުން 9 މެޗުން 4 ލަނޑު އަލްވަރޭޒްވަނީ ކާމިޔާބުކޮށްދީފައެވެ.

ސިޓީ މިދިޔަ ސީޒަންގައި ކާބިޔާބުކުރި ތިން ތަށި ނެގުމުގައި ވެސް މުހިންމު ރޯލެއް އަލްވަރޭޒް ވަނީ އަދާކޮށްފައެވެ. މުހިންމު މެޗުތަކެއްގައި ގޯލް ޖަހައިދީ ސިޓީ މޮޅުކޮށްދީފައެވެ. މިދިޔަ 22/23 ސީޒަނުގައި ސިޓީއަށް ކުޅެދިން 49 މެޗުން 17 ލަނޑު އަލްވަރޭޒް ވަނީ ކާމިޔާބުކޮށްދީފައެވެ.

ސިޓީއާއެކު އަލްވަރޭޒް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2028 ވަނަ އަހަރުއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *