Ads by
ޚަބަރު
ހުޅުމާލެ ފޭސް 3ގެ ސައިޓް ބީ ހިއްކަން ފަށައިފި
ފޮޓޯ: އާބަންކޯ

ހުޅުމާލެ ފޭސް 3ގެ ސައިޓް އޭ އެއްކޮށް ހިއްކައިނިމި ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Eki Online

އާރބަންކޯއިން ބުނީ ސައިޓް އޭގައި ހިއްކައިފައިވަނީ 10 ހެކްޓަރުގެ ބިން ކަމަށެވެ.

އަދި މިހާރު މަސައްކަތްތައް ފަށާފައިވާ “ސައިޓް ބީ” ގައި، 26 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އަރބަންކޯއިން ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ، ހިއްކަމުންދާ ސަރަޙައްދުގައި ހުރި އުޅަނދުތައް ނެގުމަށް އެދިފައެވެ

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށް އަރބަންކޯއިން ބުންޏެވެ.

އެގޮތުން، ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެ މަޝްރޫޢުއެއްކަމަށް އަރބަންކޯއިން ފާހަގަކުރިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *