Ads by
ޚަބަރު
އިސްރާއީލްގެ ރައްޔިތުން ރާއްޖެ ނައުމަށް އެގައުމުން އަންގައިފި

ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް، ދިވެހިން ތިބީ އެ ގައުމާ އެކު ކަމަށް ހާމަކުރަމުން އަންނާތީ، އިސްރޭލުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

Ads by Eki Online

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ގައުމާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވަމުން އަންނަ ކަމަށާއި މި ދަނޑިވަޅުގައި އިސްރޭލުގެ ރައްޔިތުން ރާއްޖެ އަށް ދަތުރު ނުކުރުމަށް އަންގާކަމަށެވެ.

އެގައުމުން އެހެން ބުނެފައިވާއިރު ރާއްޖެއަށް ރާޅާ އެޅުމަށް އާއްމުކޮށް އަންނަ އިސްރާއީލުގެ ރައްޔިތަކު ވަނީ ރާއްޖެއަކީ ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކަށް ފަންޑު ކުރާ ގައުމެއް ކަމަށް ބުނެ އިިންސްޓަރގްރާމުގައި ޕޯސްޓްއެއްވެސް ޖަހާފައެވެ.

އިސްރާއިލުގެ ރައްޔިތުން ރާއްޖެ ނާންނަން އަންގާފައިވާއިރު އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އިސްރާއީލުން ފަލަސްދީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ވަނީ ފަންޑެއް ހުޅުވާފައެވެ. މީގެ އިތުރުންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހޯދުމަށް ތަފާތު އެކި ހަރަކާތްތައްވެސް އެ ޖަމާއަތުން ދަނީ ހިންގަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *