Ads by
ދީން
‎ފަލަސްތީނު ރައްޔިތުންގެ ހައްގު ހޯދުމަށް މަސައްކަތް ކުރުމަކީ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް: ހުތުބާ

ފަަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް އަނބުރާ ހޯދުމަށް މަސައްކަތް ކުރުމަކީ މުސްލިމް ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by Eki Online

މިއަދުގެ ހުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތުގެ އަދާވާތްތެރިން ވަނީ ފަލަސްތީނު ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެފައި ކަމަށެވެ. އިންސާނީ ކަރާމާތް ނަގާލާ ދުނިޔެއިން އެކަހެރިކޮށް ހާލުގައި ޖައްސާފައިވާ ކަމަށެވެ.

އަދި އެ މީހުން މަސައްކަތް ކުރަމުން ދަނީ ފަލަސްތީނުގައި ދިރިއުޅެމުންދާ މުސްލިމުންގެ ނަސްލު ނައްޔާލުމަށް ކަމަށާއި މީގެ ދެ ތިން ދުވަސް ކުރިން ފަލަސްތީނުގެ އަލްމަޤްމަދާނީ ހޮސްޕިޓަލަށް ދިން ރަހުމެއް ނެތް އަނިޔާވެރި ލާއިންސާނީ އަމަލާ އެކަމުގެ ހެއްކަކަށް ފުދޭ ކަމަށް ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވަ މުސްލިމުންނަށް އިޚްލާސްތެރިކަމާއި މަޑުމައިތިރިކަމާއެކު ދުޢާ ދެންނެވުމަށް ޚުތުބާގައިވަނީ ގޮވާލާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *