Ads by
ޚަބަރު
އިންތިގާލީ ކޮމިޓީން ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކޮށްފި
ފޮޓޯ: ޑިފެންސް މިނިސްޓްރީ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަސައްކަތްތަކަށް އެކުލަވާލި ކޮމިޓީން ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

Ads by Eki Online

މިކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓް އެއްގައި ވިދާޅުވެފައިވަނީ ޓްރާންސިޝަން ކޮމިޓީގެ މެމްބަރުން މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވުމުގެ ކުރިން، އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތުތައް ހޯދުމަށް ވަކިވަކި ކޮމިޓީތައް އެކުލަވާލާފައެވެ.

އަދި މި ކޮމިޓީތަކުގެ މަސައްކަތް މާދަމާއަށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އިންގާލީ މަރުހަލާގެ އިސްވެރިޔާ، ޑިރެކްޓަރު އޮފް ޓްރާންސިޝަން އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *