Ads by
ޚަބަރު
ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވަނީ

ރާއްޖޭގެ ފުޓްބޯޅަ ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވެ، އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު އިއުލާން ކުރައްވައިފިއެވެ.

Ads by Eki Online

އެކްސްގައި ކުރެއްވި ޕޯސްޓްގައި ޓޮމް ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރަން ނިންމައިފައިވާކަމަށެވެ.

ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން.

ޓޮމް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޮމް، އެފްއޭއެމްގެ ރައީސް ކަމަށް ގެނައުމަށް ތާއީދުކޮށް ފޭސްބުކް ޕޭޖެއްވެސް ވަނީ ހަދާފައެވެ. އެއީ، ”އަހުމަދު ޠާރިގު – ޓޮމް ފޯ އެފްއޭއެމް“ ގެ ނަމުގައެވެ.

ޓޮމްއަކީ އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި ދެވަނަ ބޭފުޅާއެވެ. އެ މަގާމަށް ވާދަކުރައްވާނެ ކަން ފުރަތަމަ އިއުލާން ކުރެއްވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން، އަހުމަދު ވާސިފެވެ.

ޓޮމް ވަނީ 2016 ގައި އެފްއޭއެމްގެ ރައީސް ކަން ތިން މަހަށް ވުރެ ގިނަ ދުވަހަށް ކުރައްވައިފައެވެ.

ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި އިރު، ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވެސް އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ދަގަނޑޭގެ ރަސްމީ ބަހެއް އަދި އިއުލާން ކޮށްފައެއްނުވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ބެސްޓީ8 މަސް ކުރިން

ވީ ވޯންޓް ދަނގޭ! ޓޮމް އެންޑް ބައްސާމް އައުޓް!

0
0