Ads by
ޚަބަރު
ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ސްކީމުން ހަރަދުކުރަން ހުށަހެޅި ގަރާރު ފާސްކޮށްފި
ފޮޓޯ: މަޖިލިސް

ދަރިމައިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާއަށް އާސަންދަ ސްކީމުން ހަރަދުކުރެވޭނެ ގޮތް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ފާސްކޮށްފިއެވެ.

Ads by Eki Online

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރުގައި ވަނީ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ސިއްހީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އެ ނިޒާމްގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ވަރަށް ހަނި ކަމަށް ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

ގަރާރުގައި ވަނީ ދަރިމަރިވުމުގެ މައްސަލަތަކާ ގުޅޭ ގައުމީ ފެންވަރުގެ ދިރާސާއެއް ހަދައި، ދަރިމައިވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ބޭސްތައް ރާއްޖެއިން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށެް ގޮވާލައިފައެވެ.

އިޖުތިމާއީ ކޮމިޓީއިން ގަރާރު ދިރާސާ ކުރިއިރު، ހެލްތް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި އާސަންދަ އާއި އެންސްޕާގެ އިތުރުން 311 މެމްބަރުން ހިމެނޭ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ބޭފުޅުންނާ ބައްދަލުކޮށް ލަފަޔާއި އިރުޝާދު ވެސް ހޯދިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *