Ads by
ކުޅިވަރު
މެސީގެ ރީތި ދެ ލަނޑާއި އެކު އާުޖެންޓީނާއިން ޕެރޫ ބަލިކޮށްފި
ފޮޓޯ: މީސްމީޑިޔާ

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާއާއި ޕެރޫ ބައްދަލް ކުރި މެޗް, ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކޮށްދިން ރީތި ދެލަނޑާއި އެކު 2-0 އިން ޕެރޫ ބަލިކޮށް ޕޮއިންޓް ތާވަލުގެ ކުރީގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ހަމަޖެހިލައިފިއެވެ.

Ads by Eki Online

ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ ކުޅުމެއް ފެނުނު މިމެޗުގައި އާޖެންޓީނާއަށް ފުރަތަމަ ލަނޑު ޖަހާ މެސީ ލީޑް ނަގައިދިނީ 32 ވަނަ މިނެޓުގައެވެ. މެސީ މިލަނޑު ޖެހީ ޕެެރޫގެ އޭރިޔާ ބޭރުން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މެސީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 42 ވަނަ މިނެޓުގައެވެ.

މިމެޗުގައި އާޖެންޓީނާ ގޯލަށް އަމާޒުކޮށް އެންމެ ބޯޅައެއްވެސް ޕެރޫއަށް ފޮނުވާލެވިފައެއް ނުވެއެވެ. އެކަމަކު ފުރަތަމަ ހާފުގައި ޕެރޫއިން އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ.

މިމޮޅާއެކު ޕޮއިންޓް ތާވަލުގެ ކުރީގައި އާޖެންޓީނާ އޮތީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 4 މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ.

ދެވަނައިގައި 7 ޕޮއިންޓާއެކު އޮތީ ރޭ ފަތިހު ބެރެޒިލްގެ މައްޗަށް 2-0 އިން ކުރި ހޯދި އުރުގުއޭއެވެ. މިއީ ކޮލިފައިންގައި ބްރެޒިލް މިފަހަރު ބަލިވި ފުރަތަމަ މެޗެވެ. ބްރެޒިލް ތިންވަނައިގައި އަދި ވެނަޒުއެލާ ހަތަރުވަނައިގައި އޮތީވެސް 7 ޕޮއިންޓާއެކުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *