Ads by
ޚަބަރު
ފަލަސްތީނަށް ނަސްރު ދެއްވުން އެދި ހުރިހާ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަން އަންގައިފި

ފަލަސްތީނު ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޮންމެ ނަމާދެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

Ads by Eki Online

އިސްލާމިކް މިނިސްޓްރީއިން ބުނީ ޒަޔަނިސްޓް ޔަހޫދީން ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވައި، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި، ކިޔުމަށް އަންގާފައިވާ ގުނޫތު ނާޒިލާ މިއަދު މެންދުރު ނަމާދުން ފެށިގެން ފަރުލު ފަސް ނަމާދުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި، ކިޔުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގާ ކަމަށެވެ.

ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ކިޔުމަށް މިއަދު އަންގާފައިވާއިރު މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި، ހުރިހާ މިސްކިތެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީއިން ވަކި ގޮތެއް އަންގަންދެން ކޮންމެ ނަމާދެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އެ މިނިސްޓްރީއިން ވަނީ އަންގާފައެވެ.

މި މަހުގެ 7 ވީ ހޮނިހުރު ދުވަހު ފެށި ހަމަލާތަކަށް 2 ހަފްތާ ވާން ދާ އިރު އިޒްރޭލުން ވަނި ފަލަސްތީނުގެ 3،300 މީހުން ޝަހީދު ކޮށްލާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *